ENGLISH
04 ޖުލައި 2025
ޙާޖީން ފުރާ ދުވަސްތަކުގައި ޓްރެފިކް ބާރުބޮޑުވެދާނެ ކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
24 މޭ 2025
|
ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙާޖީން ފުރާ ދުވަސްތައް ކަމަށްވާ، މެއި 26، 27، 28، 29 އަދި 30 ވަނަ ދުވަހު އެއަރޕޯޓު ޓްރެފިކް ތޮއްޖެހުން ބޮޑުވެދާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ދުވަސްތަކުގައި އެއަރޕޯޓުގެ ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރުމަށް އިތުރު ފުލުހުން އެއަރޕޯޓުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ ދުވަސްތަކުގައި އެއަރޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދަތިތަކާ ކުރިމަަތި ވެދާނެތީ، ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމުތައް ނިންމުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
އަދި ޙާޖީންނާއެކު އެއަރޕޯޓަށްދާ ގާތްތިމާގެ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
ރާއްޖެއިން 1000 މީހުން މި އަހަރު ހައްޖަށް ދިއުމަށް ހަމަޖެހިފައިވެއެވެ.