ENGLISH
04 ޖުލައި 2025
ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފި
23 މޭ 2025
|
ކޭބަލްތަކަށް ގެއްލުން ދިނުމުގެ ތުހުމަތުގަައި ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް
ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދިން މައްސަލައެއް ގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުން ދިން މައްސަލަ އެއް ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ވަނީ ކުށުގެ ވެށިން ހައްޔަރު ކޮށްފައި ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައި ވާ ކަމަށެވެ.