ENGLISH

04 ޖުލައި 2025

Advertisement

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފި

23 މޭ 2025

|

ހަސަން އާމިރު

ކ. ހުރާގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރުން. --ފޮޓޯ: ސިޓީސް މިނިސްޓްރީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ  މަޝްރޫޢުގެ ދަށުން މިހާތަނަށް ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި އެވެ.

ހއ. އަތޮޅު، ދ. އަތޮޅު، މ. އަތޮޅު އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް އޭޓީއެމް ޚިދުމަތް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.

އޭޓީއެމްގެ ޚިދުމަތް މިއަދު ވެސް ވަނީ ށ. އަތޮޅުގެ ފަސް ރަށެއްގައި ތަޢާރަފްކޮށްފަ އެވެ. އެއީ ބިލެތްފަހި، ގޮއިދޫ، ކަނޑިތީމު، ފޭދޫ އަދި ނޫމަރާ އެވެ. އިއްޔެ ވަނީ މ. އަތޮޅާއި ކ. އަތޮޅުގެ ބައެެއް ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފަ އެވެ. އަދި އެއާ އެކު ވަނީ އެ ދެ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފަ އެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު