ENGLISH

05 ޖުލައި 2025

Advertisement

ނޫސްވެރިޔާއަށް ނަސޭހަތް ދިނީ، އަނިޔާ ކުރި ކަމަކަށް ނުބެލެވޭ: ފުލުހުން

23 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް

ނޫސްވެރިއަކަށް ފުލުުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާ މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

އޮންލައިން ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިއަކު ހުޅުމާލެ ފޭސް ދޭއްގައި ޑްރޯން އަރުވަން ހުއްޓާ ފުލުހުން އެތަނަކަށް ގޮސް އޭނާއާ ސުވާލުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އޭނާ ހައްޔަރު ކޮށްގެން ގެންގޮސް އަނިޔާ ކުރި ކަމަށް ނޫސްވެރިޔާ ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ޑްރޯން އަރުވަން ހުރި މީހާއާ ފުލުހުން ސުވާލު ކުރުމުން މައުލޫމާތު ދިނުމަށް އިންކާރު ކުރި ކަމަށެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ އާއި ހުއްދަ ދެއްކުމަށް އެދުމުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

ހުއްދަ ދެއްކުމަށް އިންކާރުކޮށް އަދި ހުއްދަ ދައްކަން ނުޖެހޭނެ ކަަމަށް ވެސް އޭނާ ބުނި ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ފަހުން ހަޑިހުތުރު ބަހުން ފުލުހުންނާ މުއާމަލާތު ކޮށްފައިވާ ކަމަށް ބުންޏެވެ.

ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލާ ގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށް ހުއްދަ ނެތި ޑްރޯން ނޭރުވުމަށް ނަސޭހަތްތެރިވި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މީހާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރާތީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް އެ ނޫސްވެރިޔާ ވަނީ ފުލުހުން އޭނާއަށް އަނިޔާ ކުރި ކަމަށާ ނޫސްވެރިއަކަށް ވީތީ ފުރައްސާރަކޮށް ހުތުރު ބަސްތައް ބޭނުންކުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު