ENGLISH

05 ޖުލައި 2025

Advertisement

ށ. އަތޮޅުގެ ތިން ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ފަށައިފި

23 މޭ 2025

|

އިސްމާއީލް ރާތިއު

ށ. ފޭދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމަށް ބޭއްވުނު ޙަފްލާގެ ތެރެއިން-- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ށ. އަތޮޅުގެ ތިން ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

އެ އަތޮޅު ނޫމަރާ، ބިލެއްފަހި އަދި ފޭދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު މި ތިން ރަށުގައި ބޭއްވި ޙަފްލާތަކުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އޭޓީއެމްތައް ބެހެއްޓުމުގެ ބޭނުމަކީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ލުއިފަސޭހަކޮށް ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި ފައިސާ ނެގުމުގައި ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަށް ލުއި ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އޭޓީއެމްގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް ރައީސް ނިންމެވީވެސް އެގޮތުން ކަމަށް ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ރައްޔިތުންނާ ގާތުން އަސާސީ ޚިދުމަތްތައް ދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސްގެ ވަޢުދު ފުއްދަވަމުން ގެންދަވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މި ތިން ރަށުގައިވެސް އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ވަނީ އޭޓީއެމް އިން ފައިސާ ނަންގަވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު