ENGLISH

05 ޖުލައި 2025

Advertisement

ދިވެހި ޙައްޖުވެރީންގެ ސިއްޙީ ކަންކަމަށް ސަޢުދީ ހޮސްޕިޓަލަކާ ގުޅިގެން ޚާއްސަ ކްލިނިކެއް ޤާއިމު ކުރަނީ

23 މޭ 2025

|

އަޙުމަދު ޙަމީދު

ހައްޖުވެރީން އަޅުކަމުގައި -- ފައިލް ފޮޓޯ

ދިވެހި ޙައްޖުވެރީންގެ ސިއްޙީ ކަންކަމަށް ސަޢުދީ ހޮސްޕިޓަލަކާ ގުޅިގެން ޚާއްސަ ކްލިނިކެއް ޤާއިމު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ގޮތުގައި ދިވެހި ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ވަނީ ދިވެހި ހައްޖުމިޝަނަށް ރަސްމީކޮށް ހުއްދަ ދެއްވާފަ އެވެ.

ދިވެހި ޙާޖީންނަަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ ޞިއްޙީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ޤާއިމުކޮށްފައި ކަމަށާ ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ހުންނާނީ ޤާއިމުވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މިގޮތައް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު ކަން ވެސް މިނިސްޓަރު ޝަހީމް ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ މީހުން ހައްޖަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކޮށް ފަސޭހަކުރުމަކީ ރައީސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ ކަމެއް," މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށާއި ހައްޖުވެރީންނަށް އިންތިޒާމުތައް ފުރިހަމަ ކުރުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދިވެހީންނަށް ހައްޖަށް ދެވޭ އަގު ކުޑަކުރުމާއި އެ ނޫން ކަންކަަމަށް ވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު