ENGLISH
05 ޖުލައި 2025
ރާއްޖެއާއި މެލޭޝިއާ ދެމެދު ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރަން މަޝްވަރާކޮށްފި
23 މޭ 2025
|
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، މެލޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޑަޓުކް ސެރީ މުޙައްމަދު ޚާލިދް ނޫރައްދީންއާ ބައްދަލުކުރެއްވުން (ފޮޓޯ/ ޑިފެންސް މިނިސްޓްރީ)
ރާއްޖެއާއި މެލޭޝިއާ ދެމެދު ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ދެ ޤައުމުގެ މެދުގައި މި މަޝްވަރާތައް ކުރައްވާފައިވަނީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، މެލޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޑަޓުކް ސެރީ މުޙައްމަދު ޚާލިދް ނޫރައްދީންއާ ބައްދަލުކުރައްވަ އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިހާރު މެލޭޝިއާގައި ކުރިއަށްދާ "ލަންކާވީ އިންޓަރނޭޝަނަލް މެރިޓައިމް އެންޑް އެރޯސްޕޭސް އެގްޒިބިޝަން 2025"ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ސަލާމަތީ ކަންކަމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނެވެ.