ENGLISH
05 ޖުލައި 2025
އުފެއްދުންތެރިކަމުގެ މައުރަޒު ކުލަގަދަކޮށް ފަށަނީ؛ މިރޭ ހަވާ ވެސް އަރުވާނެ
23 މޭ 2025
|
މީގެކުރިން ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒެއްގެ ތެރެއިން (ފޮޓޯ/ ޕީއެސްއެމް)
މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކާ އެކު މިރޭ ފަށާނެއެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025" ކުރިއަށްދާނީ މިރެއިން ފެށިން މި މަހުގެ 31 ގެ ނިޔަލަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މައުރަޒް ރަސްމީކޮށް ހުޅުވުން މިރޭ 8:30ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ 11:00 އާ ހަމައަށް މައުރަޒް ކުރިއަށްދާނެ އެވެ. އަދި މާދަމާއިން ފެށިގެން، މި މަހުގެ 31 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11 އަށް މައުރަޒު ކުރިއަށް ދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އޭގެ ތެރެއިން، ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި 275 ފަރާތަކަށް އިނާމު ދީފައިވެ އެވެ.
މި މައުރަޒު ތަފާތު ޑިސްޓްރިކްޓުތަކަށް ވަނީ ބަހާލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އެގޮތުން، ދިވެހިންގެ އިހުގެ އުފެއްދުންތެރިކަމާއި އެންމެ ޒަމާނީ އުފެއްދުންތަކުގެ އިތުރުން ޒުވާން ފަންނުވެރިންގެ ހުނަރާއި މަސައްކަތް ފެނިގެންދާނެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ މި މައުރަޒުގެ އިންތިޒާމްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.