ENGLISH

05 ޖުލައި 2025

Advertisement

މިދިޔަ 80 އަހަރުތެރޭ ބޭއްވޭ އެންމެ ފުރިހަމަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު، މިނިސްޓަރު ވިދާޅުވެ ދެއްވީ އެ ސަބަބުތައް

22 މޭ 2025

|

އަޙުމަދު ޙަމީދު

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު މުޙައްމަދު ސަޢީދު ވާހަކަފުޅު ދައްކަވަނީ

މިދިޔަ 80 އަހަރުތެރޭ ބޭއްވޭ އެންމެ ފުރިހަމަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މި އަހަރުގެ މަރުކަޒުކަން ފާހަގަ ކުރައްވާ އެ ޝަރަފު މި އަހަރުގެ މަރުކަޒަށް ލިބޭ ސަބަބުތައް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެ ދެއްވައިިފި އެވެ.

ސޯޝަލް ސެންޓަރުގައި މިރޭ އޮތް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިނާމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ގައި އަދި ވެރިކަމަށް ވަޑައިގެން ބޭއްވެވި ފުރަތަމަ ކެބިނެޓް ބައްދަލްވުމާއި ދެއްވެވި ފުރަތަމަ ރިޔާސީ ބަޔަނުގައި ވެސް މުހިންމު އެއް ކަމެއް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

އެއީ އުފެއްދުންތެރިކަމުގެ މައުރަޒެއް ބޭއްވުމަކުން ހަމައެކަނި ނުފުދޭ ކަމަށް ވިދާޅުވާ ވިދާޅުވުން ކަން ފާާހަގަ ކުރައްވާ މިނިސްޓަރު ސަޢީދު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ އަކީ ދިވެހި ދައުލަތް ދަންނަ އިންޑަސްޓްރީއަކަށް ނުހަދައިފިނަމަ ޒުވާނުންނަށް ހަޤީޤީ ފައިދާއެއް ނެތް ކަމަށް ރައީސް ވިދާޅުވާ ކަމަށެވެ.

އަދި ރައީސް ބޭނުންފުޅުވަނީ ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރައްވަން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ އެ އިރުޝާދާ އެއްގޮތަށް މި އަހަރުގެ މައުރަޒަކީ ފުރަތަމަ ފަހަރަށް ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދެއް ހުރި މަރުކަޒު ކަމަށް ވިދާޅުވި އެވެ.

"މި ފަހަރުގެ މައުކަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދެއް އެބަހުރި. މިއީ މިދިޔަ 80 ވަރަކަށް އަހަރުތެރޭ މިކަން ކުރި ގޮތެއް ނޫން,"

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މައުރަޒުން ޒުވާނުން ބޭނުންވި މިންވަރަށް ޖާގަ ނުދެވުނު ކަމަށާ ނަމަވެސް މިއީ ވަރަށް ތާރީޚީ އެހާމެ މުހިންމު ފެށުމެއް ކަމަށެވެ.

ދިވެހި ޒުވާނުން ބާޒާރަށް ނެރެން ބޭނުންވާ ތަކެތި އެކި ޕްލެޓްފޯމްތަކަށް ގެންދެވޭނެ މަގު ފަހިކުރަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވަ ކަމަށެވެ.

މި އަހަރުގެ މައުރަޒު ޚާއްސަވާ އަނެއް ސަބަބަކީ މި އަހަރުގެ މައުރަޒުގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ޑިސްޓްރިކްޓެއް ހިމެނިފައިވުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ދިވެހީންގެ ވަރަށް އާދަޔާ ހިލާފު ފަންނުވެރިކަން ފެންނަން އެބަހުރި ކަމަށެވެ.

އަދި މި އަހަރުގެ މައުޒަރު ގައި މާކެޓް ސްޕޭސްގެ ނަމުގައި ދިވެހީންގެ އުފެއްދުންތައް ވިއްކޭނެ ޖާގަ ތަނަވަސް ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ޖުމްލަކޮށް ދަންނަވާ ކަމުގައިވާނަމަ މުޅީން އަލަށް ރާއްޖޭގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނަމުގައި މިކަން މިދަނީ ކުރެވެމުން," މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ދިވެހި ވިޔަފާރިވެރީން އުފައްދާ ތަކެތި ރާއްޖެއާ ރާއްޖޭން ބޭރަށް ގެންދެވޭނެ މަގު މި ދައުރުގެ ތެރޭގައި ތަނަވަސް ވެގެން ދާނެ ކަމަށް ވެސް މިރޭ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު