ENGLISH

05 ޖުލައި 2025

Advertisement

ކޮވިޑް ފެތުރުން އިތުރުވެއްޖެ، ޑެންގޫއާ އިންފުލުއެންޒާ ފެތުރުން ވެސް އިތުރު

22 މޭ 2025

|

އަޙުމަދު ޙަމީދު

ކޮވިޑްގެ އާލަމީވަބާ އެންމެ ބޮޑު ދުވަސްވަރު ސިއްހީ ޚިދުމަތްތެރީން ހަރަކާތްތެރި ވަނީ -- ފައިލް ފޮޓޯ

ކޮވިޑު-19 އާއި ޑެންގޫ އަދި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން ވަނީ އެކަން ފާހަގަކޮށް މީޑިއާތަކަށް މެސެޖެއް ފޮނުވާފަ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާކަން ފާއިތުވި ހަފުތާތަކުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޑެންގޫ އާއި ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ މޫސުމީ ރޯގާތައް ވެސް އަހަރުގެ މި ދުވަސްވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެ ބަލި މުޅި ދުނިޔޭގައި ފެތުރި އެތައް މަސްތަކަކަށް މުޅި ދުނިޔެ ހުއްޓުނެވެ. އެ ބަލީގައި ރާއްޖެއިން ވެސް އެތައް ސަތޭކަ ބަޔަކު މަރުވި އެވެ.

މުޅި ދުނިޔެއިން ހަތް މިލިއަން ވުރެ ގިނަ މީހުން މަރުވި އެވެ.

ކިޔުންތެރިންގެ ހިޔާލު