ENGLISH
05 ޖުލައި 2025
ރައުދު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކެއް ހުރުމުން: ފުލުސް
22 މޭ 2025
|
ރައުދު އަހްމަދު
އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް، ބަންދުން ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ރައުދު ދޫކޮށްލީ މިއަދު ހެނދުނު އެވެ. އޭނާ ދޫކޮށްލި ސަބަބު ހާމަކޮށް ފުލުހުން ދެންމެ ބުނީ ރައުދު ބަންދުން ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށެވެ. އަދި އައު ކޯޓު އަމުރެއްގެ ދަށުން އަލުން އޭނާ މިއަދު ވަނީ ހައްޔަރުކޮށްފައި ކަމަށް ބުންޏެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކޮށް ދެތީން ފަހަރެއްގެ މަތީން ބަންދަށް މުއްދަތު ޖެހި އެވެ. އެންމެ ފަހުން މުއްދަތު ޖެހީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 20 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފަ އެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހިމެނޭހެން ގިނަ ބައެއްގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އަދި ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.