ENGLISH

06 ޖުލައި 2025

Advertisement

50 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް ޗައިނާއާ އެކު ސޮއިކޮށްފި

22 މޭ 2025

|

އިސްމާއީލް ރާތިއު

ލެޓަރ އޮފް އެކްޗޭންޖުގައި ސޮއިކުރުމަށް ބޭއްވުނު ޙަފްލާގެ ތެރެއިން-- ފޮޓޯ: އެމްއެމްޓީވީ

ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް އިދާރާގެ އާ އޮފީސް ޒަމާނީ ފެންވަރަށް ޢިމާރާތްކުރުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ދަރުބާރުގޭގައި މިއަދު ބޭއްވި ޙަފްލާގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ކޮންގް ޒިއަންހުއާއެވެ.

މިއަދު ސޮއިކުރި ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިމާވެފައިވާ ކަންސިލް ޢިމާރާތްތަކުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި 50 ކައުންސިލް އިދާރާއެއްގެ ޢިމާރާތް ޒަމާނީ ފެންވަރަށް، ޖާގަ ތަނަވަސްކޮށް ޢިމާރާތްކޮށްދޭނެ އެވެ.

މި 50 ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އެއްބާވަތުގެ 30 ޢިމާރާތް އަދި އަނެއް ބާވަތުގެ 20 ޢިމާރާތް ބަހާލައިގެން ދެ ބާވަތަކަށެވެ. އަދި މި ޢިމާރާތްތަކުގެ ފަންނީ މަސައްކަތް ފެށުމަށްޓަކައި ޗައިނާގެ މާހިރުންގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު