ENGLISH

05 ޖުލައި 2025

Advertisement

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

22 މޭ 2025

|

އަޙުމަދު ޙަމީދު

ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

މި މަހުގެ 22 ގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ މުއްދަތު ހަމަވީއިރު ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ވެސް ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ކުރީގެ ފަނޑިޔާރުންނާއި ފަނޑިޔާރު ކަމުން ވަކިކުރައްވާފައިވާ ބޭފުޅުންނާއި ޤާނޫނީ ވަކީލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

  • މުޙައްމަދު ފައިސަލް 
  • މުޙައްމަދު ވަހީދު އިބްރާހިމް 
  • އިބްރާހިމް ޢަލީ 
  • މުޙައްމަދު އިބްރާހިމް 
  • ޢަބްދުالله ހަމީދު
  • އަބްދުލް ޣަނީ މުޙައްމަދު
  • ސުޖާޢު އުސްމާން 
  • މުޙައްމަދު ސަލީމް 
  • އަޙްމަދު ޙައިލަމް 
  • މުޙައްމަދު ރާޤިބު އަޙްމަދު،
  • އައިޝަތު ފަޒްނާ އަޙްމަދު
  • މަރްޔަމް ނިޙާޔަތު 

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު