ENGLISH
06 ޖުލައި 2025
ޔުމުނުގެ އާއިލާއިން އެއްބާރުލުން ނުދިނުމުން މެލޭޝިޔާ ފުލުހުންގެ އެހީތެރިކަމާއެކު ތަހުޤީޤަށް މައުލޫމާތު ހޯދަނީ
22 މޭ 2025
|
ޔުމުނު އާ ރައުދު
އޭޕްރިލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި މައްސަލައިގެ ތަހުޤީޤަށް އޭނާގެ އާއިލާ އިން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކުރީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނީ ޔުމުނުއާ ސުވާލުކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށެވެ. އަންހެން މީހާ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާގައި ހަރަކާތްތެރި ވަމުންދާ ކަމަށާ އޭގެ ތެރެއިން އެކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުޤީޤަށް އޭނާގެ އާއިލާގެ ފަރާތުން ފުލުހުނަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށާ އަދި އަނިޔާ ލިބުނު މީހާގެ ސިއްޙީ ހާލަތާއި ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދި ބުނީ މެލޭޝިޔާގައި ޔުމުނު އަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރިއިރު ފުލުުހުންނަށް އެ މަޢުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ. އިތުރަށް ބުނީ ފުލުހުންގެ ތަހުޤީޤު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން އައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދު ގައި ކަމަށެވެ.
ނަމަވެސް އެ އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިޔާގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާގެ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.