ENGLISH

06 ޖުލައި 2025

Advertisement

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

22 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

ޗައިނާގެ ފަރާތުން ދިވެހި ރާއްޖެއަށް ހަދިޔާ ކުރި ކުޅިވަރު ސާމާނު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝީއަންހޫއެވެ.

ޗައިނާގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރި ކުޅިވަރު ސާމާނުތަކުގެ ތެރޭގައި:

- 400 ފުޓުބޯޅަ

- 60 ސްޓާޓިން ބްލޮކް

- 60 ހާރްޑަލްސް

- 60 މެނުއަލް ޓައިމްކީޕިންގް ޑިވައިސް

- 60 ޓީޓީ މޭޒު

- 20 ސްކޯބޯޑު

- 300 ޓީޓީ ރެކެޓު

- 1500 ޓީޓީ ބޯޅަ

- 8 ޖަޖުންގެ ގޮނޑި

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ހެންވޭރު ބޯޅަ ގޭގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ރާފިޢު ވަނީ ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ގާއިމުކުރުމާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭކަން ފާހަގަކުރައްވައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުމުން ދޭހަވަނީ ޗައިނާއިން ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުމަށް ދޭ އަހަންމިޔަތުކަން ކަމަށާއި، ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިޔަށް އޮތްތަނުގައިވެސް މިހާރެކޭ އެއްގޮތަށް ޗައިނާއިން ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން ކުޅިވަރު ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

މީގެ ދެތިން ދުވަސްކުރިން ވަޒީރު ރާފިޢު ވަނީ ސްރީ ލަންކާގެ ކުޅިވަރު ވަޒީރު ސުނިލް ކުމާރަ ގަމަގެ އަދި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެކްޓިން ކޮމިޝަނަރ ތިމުތާ ސަންޖިކާ ޑިސަނަޔަކެ ވެސް ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، އެތުލީޓުންނަށް ބޭނުންވާ ޕްރޮގްރާމްތަކާއި، ޓީމް ޓްރެއިނިންތަކުގެ އިތުރުން ކުޅިވަރުގެ ކުރިއެރުވުމަށް އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު