ENGLISH

06 ޖުލައި 2025

Advertisement

އިންޑިއާގައި ބާއްވާ އަންހެނުންގެ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

22 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިންޑިއާގެ ހައިދަރާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސެކަންޑް ހޯލީ ޤުރްއާން މެމޮރައިޒޭޝަން ކޮމްޕެޓިޝަން ފޯ ވިމެން އެންޑް ގާލްސް" އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފި އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ކީރިތި ޤުރްއާން ހިތުދަސްކޮށް، ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ހާސިލުކޮށްފައިވާ އަންހެނުންނާއި އަންހެން ކުދިންނަށެވެ.

 މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރެއް ކަނޑައަޅައިފައެއް ނުވެއެވެ.

ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރިން މި މުބާރާތުގައި ބައިވެރިވެފައިނުވުން ހިމެނެއެވެ.

މި މުބާރާތުގެ ކިޔެވުން އޮންނާނީ ހަތަރު ބުރަކަށެވެ. ފުރަތަމަ އޮންނާނީ އޮންލައިންކޮށް ބާއްވާ ސްކްރީނިން ބުރެވެ. މި ބުރުގެ ކިޔެވުން އޮންނާނީ އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

މި ބުރުގައި ސުވާލު އަންނާނީ ކީރިތި ގުރްއާނުގެ ފުރަތަމަ 15 ފޮތުންނެވެ. އެއަށްފަހު ދެން އޮންނާނީ އޮންލައިންކޮށް ބާއްވާ އެލިމިނޭޝަން ބުރެވެ.

މި ބުރުގެ ކިޔެވުން އޮންނާނެ ތާރީޚާއި ވަގުތު މި ބުރަށް ހޮވޭ ބައިވެރިންނަށް މުބާރާތް ބާއްވާ ފަރާތުން އަންގާނެއެވެ. މިބުރުގައި ސުވާލު އަންނާނީ މުޅި ގުރްއާނުންނެވެ.

ފައިނަލް ބުރުގެ ކިޔެވުން ވެސް އޮންނާނީ އޮންލައިންކޮށެވެ. އަދި ކިޔެވުން އޮންނާނެ ތާރީޚާއި ވަގުތު ސެމީ ފައިނަލަށް ހޮވޭ ބައިވެރިންނަށް މުބާރާތް ބާއްވާ ފަރާތުން އަންގާނެއެވެ. މިބުރުގައި ސުވާލު އަންނާނީ މުޅި ގުރްއާނުންނެވެ.

މުބާރާތުގެ ފައިނަލް ބުރު އޮންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައިދަރާބާދުގައެވެ.

ސެމީ ފައިނަލުން ފައިނަލް ބުރަށް ކޮންމެ ޤައުމަކުން އެންމެ މޮޅު ދެ ބައިވެރިން ހޮވާނެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު