ENGLISH

05 ޖުލައި 2025

Advertisement

ތެލެސީމިއާ ފަރުވާއަށް އެހީތެރިކަން ހޯދުމަށް އިޓަލީއާ އެކު ރާއްޖެއިން މަޝްވަރާކޮށްފި

22 މޭ 2025

|

ހަސަން އާމިރު

ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށާއި ޚާއްސަކޮށް ތެލެސީމިއާ ފަރުވާ އަށް އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން އިޓަލީގެ މިނިސްޓަރ އޮފް ހެލްތު، ޕްރޮފެސަރ އޮރާޒިއޯ ޝިލާސީއާ އެކު ރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބުދުﷲ ނާޒިމް އިބްރާހީމް މަޝްވަރާ ކުރައްވައިފި އެވެ.

ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ 78 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކުރެއްވި މި ބައްދަލުވުމުގައި ޓެލެމެޑިސިން ފަދަ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އިޓަލީ އަކީ ތެލެސީމިއާ ފަރުވާ ދިނުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ.

ތެލެސީމިއާ ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ފަރުވާގެ ކަންކަމަށް އިސްކަން ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ، މުޙައްމަދު މުޢިއްޒު ވަނީ ތެލެސީމިއާ ކުދީންނަށްޓަކައި ތަޞައްވަރެއް ހާމަކުރައްވައިފަ އެވެ. މި އަހަރުގެ ތެލެސީމިއާ ދުވަހު ރައީސް ވަނީ އެ ވަޢުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު