ENGLISH

05 ޖުލައި 2025

Advertisement

ދިއްގަރު، މަޑުއްވަރި އަދި ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

22 މޭ 2025

|

ޢަލީ ޝަހީމް

މ. މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރައްމިސްޔާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮށް ރާއްޖޭގެ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މ. ދިއްގަރާއި މ. މަޑުއްވަރީ އަދި މ. ރަތްމަންދޫގައި އެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.

މ. އަތޮޅުގެ ތިން ރަށުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ. 

ތިން ރަށުގައިވެސް ޤާއިމުކުރީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމް ތަކެކެވެ. 

ވަޒީރު އާދަމް ޝަރީފާއެކު ރަށްތަކަށް ކުރި ޒިޔާރަތްތަކުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއާއި ބީއެމްއެލްގެ އިސްވެރިންގެ އިތުރުން ރަށްރަށުގެ ކައުންސިލްގެ މެމްބަރުން ބައިވެރިވެޑައިގަތެވެ. 

މ. އަތޮޅަށް ބީއެމްއެލް ސެލްފް ސަރވިސް އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން މި ބުރުގައި، އެ އަތޮޅުގެ ހަތް ރަށުގައި އެ ޚިދުމަތް ފަށާނެއެވެ. 

ސަރުކާރުގެ އަމާޒަކީ ބީއެމްއެލްއާ ގުޅިގެން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމެވެ. އެގޮތުން މިހާތަނަށް ވަނީ ހއ، ދ އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ. 

ރަށްރަށުގައި ޤާއިމުކުރާ އޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ ގިނަ މުޢާމަލާތްތަކެއް ކުރަމުންދާކަމަށް އޭޕްރީލް މަހު ބީއެމްއެލް އިން ބުނެފައެވެ. އެގޮތުން އެ އިދާރާއިން އޭޕްރީލް 14 ވަނަ ދުވަހު އާއްމުކުރި ތަފާސްހިސާބުގައި ބުނީ ހއ. އާއި ދ އަތޮޅުގެ ހުރިހާ ރަށެއްގައި ބެހެއްޓި އޭޓީއެމްތަކުން 25 މިލިއަން ރުފިޔާ ޖަމާކުރި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު