ENGLISH
05 ޖުލައި 2025
ސިނަމާލެ ބްރިޖުގައި ދެ އެކްސިޑެންޓެެއް، ތިން މީހަކަށް އަނިޔާވެއްޖެ
22 މޭ 2025
|
ސިނަމާލެ ބްރިޖު -- ފޮޓޯ: އައިސްޗިޕާ
ސިނަމާލެ ބްރިޖުގައި މިރޭ ދެ އެކްސިޑެންޓެއް ހިންގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެެއްގެ ފަހަތުގައި ދެ ސައިކަލު ޖެހި މިރޭ އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ 9:48 ހާއިރު ކަމަށާ އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެެއް އެ ސައިކަލުގައި ޖެހި ހަތަރު ސިގުނަލް ދީގެން މަޑުކޮށްގެން އޮތް ކާރެއްގައި ދެ ސައިކަލި ޖެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި އެވެ.
މި އެކްސިޑެންޓް ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު
އެކްސިޑެންޓެއް ވެސް ވަނީ ހިނގާފަ އެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުކައިރީން ބިންދައިގެން ގޮސަ އިތުރު އަނިޔާތައް ވެސް ވެފައިވެ އެވެ.
ފުލުހުން ބުނީ ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ.
އަދި ދެ އެކްސިޑެންޓްގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.