ENGLISH

06 ޖުލައި 2025

Advertisement

ބ. އަތޮޅުން އައިޑީކާޑުގެ ޚިދުމަތް ދޭން ފަށައިފި

21 މޭ 2025

|

އަޙުމަދު ޙަމީދު

އައިޑީކާޑުގެ ނަކަލެއް -- ފޮޓޯ: އައިޝަތު ނަޖް

ބ. އަތޮޅުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

ޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނީ ބ. ދަރަވަންދޫ އާއި ބ. އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް މިހާރު ލިބޭނެ ކަމަށެވެ. މިކަމުން އަތޮޅުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ މި އަހަރު ނިމުމުގެ ހުރީން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓްގެ ޚިދުމަތް ފެށުމެވެ.

އެ އަމާޒަށް ވާސިލުވުމަށް ބާރު ސްޕީޑެއްގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާރުވެސް ޑީއެންއާރުން ވަނީ 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފައެވެ.

އޭގެ އިތުރުން ދިވެހިން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައި ދިވެހި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގޮތުން މެލޭޝިޔާ ގައި މިހާރު ވަނީ އެ ޚިދުމަތް ރަސްމީކޮށް ފަށާފަ އެވެ.

އެ ޚިދުމަތް އެ ޤައުމުގައި ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު