ENGLISH
06 ޖުލައި 2025
ބްރޯޑްކޮމަށް ފުލުހުން ވަނީ ސާވާގެ މައްސަލައެއް ހައްލުކޮށްދޭން އެހީތެރިކަަމަށް އެދުމުން
21 މޭ 2025
|
ދިވެހި ފުލުހުންގެ ޚިދުމަތް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ފުލުހުން ވަނީ އެ ކޮމިޝަންގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކޮށްދޭން އެހީތެރިކަަމަށް އެދުމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން ބްރޯޑްކާސްޓިން ކޮމިޝަނަށް ވަދެއްޖެ ކަމަށް ބުނެ ސައްޙަ ނޫން ވާހަކަތަކެއް ފެތުރުމާއި ގުޅިގެންނެވެ.
އެކަން ހިނގާދިޔަ ގޮތް ސާފުކޮށް ދެމުން ފުލުހުން މިރޭ ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ކޮމިޝަނުން އެދުނު ކަމަށެވެ. އެހެން ކަމުން އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ ކޮމިޝަންގެ އޮފީހަށް ބްރޯޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވާ ކަމަށެވެ.
"ވަދެފައި ވަނީ މައްސަލައަކާއި ގުޅިގެނެއްް ނޫން," ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ބުންޏެވެ.