ENGLISH
05 ޖުލައި 2025
ދައުލަތުގެ ބެލުމުގެ ދަށަށް މިދިޔަ މަހު ހަތަރު ކުދީން ނެގި، މިވަގުތު 146 ކުދީން އެބަތިބި
21 މޭ 2025
|
ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ކުދީންތަކެއް
މިދިޔަ އެޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް ހަތަރު ކުދިން ނަގާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
އެ ވުޒާރާ އިން ބުނީ އެޕްރީލް މަހާއި ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 146 ކުދިންނެވެ. އެއީ 83 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.
މީގެ އިތުރުން ފޯސްޓަރިންގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު މިދިޔަ މަހު ވަނީ ފޯސްޓަރ އައިލާއަކާއި ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ހަތަެރު ކުއްޖަކަށް މިދިޔަ މަހު ވަނީ، ވަޒީފާ ނުވަތަ އިންޓާންޝިޕް ފުރުސަތު ފަހިކޮށްދީފަ އެވެ.
މިިދިޔަ އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް 2150 ކޯލް ލިބިފައިވާ ކަމަށާ އޭގެ ތެރެއިން ޗައިލް ހެލްޕްލައިން 1412 އަށް 1778 މައްސަލަ ހުށައަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީގެ ތެރެއިން، 66 ކޯލަކީ ކުޑަކުދިން އަމިއްލަ އަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. 1198 މައްސަލަ ބޮޑެތި މީހުން ހުށަހަޅާފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 514 މައްސަލަ ހުށައަޅާފައިވެ އެވެ.
އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 280 މައްސަލަ ހުށައަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.