ENGLISH
04 ޖުލައި 2025
މިދިޔަ މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިނަށް 2150 މައްސަލަ
21 މޭ 2025
|
އަންހެނަކު ކުއްޖަކު ސުކޫލުން ގެއަށް ގެންދަނީ -- ފޮޓޯ: އެޑިޝަން
މިިދިޔަ އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް 2150 ކޯލް ލިބިފައިވާ ކަމަށާ އޭގެ ތެރެއިން ޗައިލް ހެލްޕްލައިން 1412 އަށް 1778 މައްސަލަ ހުށައަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީގެ ތެރެއިން، 66 ކޯލަކީ ކުޑަކުދިން އަމިއްލަ އަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. 1198 މައްސަލަ ބޮޑެތި މީހުން ހުށަހަޅާފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 514 މައްސަލަ ހުށައަޅާފައިވެ އެވެ.
އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 280 މައްސަލަ ހުށައަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 35 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި، އަންހެނުންނާއި ގުޅޭ 26 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 09 މައްސަލައެއް ހިމެނެ އެވެ.
އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 32 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. މި ބާވަތުގެ 13 މައްސަލަ އެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
ދެވަނައަށް އެންމެ ގިނައީ ހަޟާނާގެ މައްސަލަތަކެވެ. މި ބާވަތުވެ އަށް މައްސަލައެއް ހުށައަޅާފައިވާއިރު ދަރިންނަށް ޚަރަދު ނުދިނުމުގެ ފަސް މައްސަލައަކާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ ހަ މައްސަލަ އެއް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 21 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެއިން ނިކުމެގެން ދިއުމުގެ މައްސަލަތަކެވެ. އެފަދަ ހަތް މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
ސްކޫލަށްދާން ބޭނުން ނުވުމުގެ ފަސް މައްސަލައެއް ހުށަައަޅާފައިވާއިރު ކުދިންގެ އަޚްލާގީ މައްސަލަތަކާއި ގުޅިގެން އެޕްރީލް މަހު އެ ވުޒާރާއަށް އެންމެ ގިނައިން ހުށައަޅާފައި ވަނީ ފިރިހެން ކުދިންގެ މައްސަލަ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ހިމެނެނީ، ފިރިހެންކުދިންނާއި ގުޅޭ 16 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ ހަ މައްސަލައެކެވެ.
ކުޑަކުދިންގެ ހައްޤުތަކާއި ގުޅުންހުރި 06 މައްސަލައަކާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 98 މައްސަލަ ވެސް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަ އެވެ. އެގޮތުން މި ބާވަތުގެ 32 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިންސީ ހާނިކައިގެ މައްސަލަ އެވެ. އެފަދަ 21 މައްސަލައެއް ވަނީ އެޕްރީލް މަހު ހުށައަޅާފަ އެވެ.
މީގެ ތެރޭގައި ޖިސްމާނީ ހާނިކައިގެ 18 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ 12 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ އަކާއި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލަ އަކާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ އަކާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލައެއްގެ އިތުރުން ކުދިންނަށް ޖިންސީ ގްރޫމިން ކުރުމުގެ މައްސަލަ އަކާއި އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިން ކުރުމުގެ މައްސަލަ އަކާއި ކުދިން ދޫކޮށްލާފައި ދިއުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.
އަޅައިލުމާއި ބެލެހެއްޓުމާއި ގުޅުންހުރި 15 މައްސަލައެއް ވެސް ވަނީ މިދިޔަ މަހު ހުށައަޅާފަ އެވެ.