ENGLISH
04 ޖުލައި 2025
ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަބުރު: 269 ދަރިވަރުން ޝަރުތު ހަމަވި
21 މޭ 2025
|
ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ތިން ވަނަ ބުރުގެ ބައިވެރިންނާއި އިންޓަވިއު ކުރަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ދަރިވަރުންގެ އިންޓަވިއު މާލޭގައި ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ޚަޠީބުން ޕްރޮގްރާމްގެ ތިން ބުރުގައި ބައިވެރިވުމަށް 338 ދަރިވަރަކު ފޯމު ހުށައަަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 269 ދަރިވަރުންނެވެ.
މި އިމްތިޙާނުން ފާސްވާ ދަރިވަރުންނަށް ސަނަދު ދިނުމުގެ ކުރިން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެއެވެ. މި ތަމްރީނުތައް ދޭނީ ރާއްޖޭގެ ޢިލްމުވެރިންނެވެ. އެ ދަރިވަރުންނާއި މިއަދު އިންޓަވިއު ކުރުން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޒުވާން ޚަޠީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދޭނެ އެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހަ އެއް ވަނީ ލިބިފަ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ