ENGLISH
04 ޖުލައި 2025
ހިޔާ އަވަށުގައި ހިންގި މާރާމާރީ: ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދު
21 މޭ 2025
|
މާރާމާރީގެ ތުހުމަތަށް ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް
ހުޅުމާލެ ފޭސް ދޭއްގައި ހިންގި މާރާމާރީއާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ރޭ ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވި އެވެ. އެގޮތުން އެކެއްގެ އިސްބޯދަށުން ފަޅައިގެން ގޮސްފައިވެ އެވެ. އަދި އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަން ދުޅަވެ ދެ އުޅަނބަށި މަށައިގެންދިޔަ އެވެ.
މާރާމާރީ ހިންގި މީހުން ވަނީ ދެ ފޯނު ވެސް ފޭރިގެންފަ އެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ރޭ 11:10 ހާއިރު ހައްޔަރު ކުރީ މއ. ޝެލްޓާ މުޙައްމަފު ރައިހާން ހުސައިން އެވެ.
އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.
މާރާމާރީގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.