ENGLISH

02 ޖޫން 2025

Advertisement

އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީ-ސްޕޯޓްސް މުބާރާތް މި މަހު 29 ގަ

21 މޭ 2025

|

މުޙައްމަދު އަދުހަމް

އުރީދޫ ނޭޝަން އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025

އުރީދޫ ނޭޝަނުން ފުރަތަމަ ފަހަރަށް ބާއްވާ އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީ-ސްޕޯޓްސް މުބާރާތެވެ.

މިމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީ-ސްޕޯޓް ޓައިޓަލް ކަމަށްވާ: މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އިންނެވެ.

މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ.

އުރީދޫ ނޭޝަންގެ މި އިނީޝިއޭޓިވް އަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީ-ސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްފާހަގަކޮށްލެވޭ އިނިޝިއޭޓިވްއެކެވެ.

ގޭމް ޓައިޓަލްސް އަދި ބައިވެރި ވުމުގެ މައުލޫމާތު:

މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް:

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: : ore.do/inter-college-mlbb

ޕަބްޖީ މޮބައިލް:

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-pubgm

އީއޭއެފްސީ 25:

މުބާރާތް ފެށުން: މެއި 30، 2025 (ފިޒިކަލް އިވެންޓް)

ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-eafc

އުރީދޫން ބުނީ މި ހުރިހާ މުބާރާތެއްގައި ރަޖިސްޓްރީކުރުމުގެ ސުންގަޑި މި މަހުގެ 25 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

*ފީ: ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ

*ކޮލެޖުން ތަމްސީލްކުރާ ލިޔުން

*ކޮލެޖު ލޮގޯ

*ޓީމުތަކުން ރެޖިސްޓަރ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެއެވެ.

މި މުބާރާތަކީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ޤާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ ނޭޝަންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ.

މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގ އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު