ENGLISH

05 ޖޫން 2026

Advertisement

"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ޑިސެންބަރު މަހު ބާއްވަނީ

05 ޖޫން 2026

|

މުޙައްމަދު އަދުހަމް

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ބެޑްމިންޓަން މުބާރާތް އަންނަ ޑިސެންބަރު މަހަށް ތާވަލްކޮށްފިއެވެ.

މިއީ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

ދަ ބެޑްމިންޓަން ކްލަބުން އިންތިޒާމުކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 13 އިން 19 ގެ ނިޔަލަށް އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި ފަހަރުގެ މުބާރާތުގައި ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕެރަލިމްޕިކްސް، ސްޕެޝަލް އޮލިމްޕިކްސް އާއި އޯޕަން ކެޓަގަރީގެ އިތުރުން 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓެވެ.

ބެޑްމިންޓަން ކްލަބުން ބުނީ، މި މުބާރާތް ކުރިއަށްގެންދަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން ފުރަތަމަ މުބާރާތުގައި 8 ޤައުމަކުން 347 އެއްހާ އެތުލީޓުން ވާދަކޮށް، ގާތްގަނޑަކަށް 750 މެޗު ވަނީ ކުޅެފައެވެ. 

ކިޔުންތެރިންގެ ހިޔާލު