ENGLISH
05 ޖޫން 2026
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާލެ އަތުވެއްޖެ
05 ޖޫން 2026
|
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާލެ އައުން --
އެންމެ މަޤްބޫލު
މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފެށީ މިރެ އެވެ. މިރޭ އައީ ފުރަތަމަ ގުރޫޕެވެ. ޙައްޖުވެރީން ރާއްޖެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ދެން އަންނާނީ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި އަންގާރަ ދުވަހު އެވެ.
މި އަހަރުވެސް 1,000 ދިވެހީން ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދިޔަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ޙައްޖުވެރީންނަށް އެންމެ ފުރިހަމަ އިންތިޒާމެއް ހަމަޖެއްސި އަހަރެވެ. ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހީންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.