ENGLISH

04 ޖުލައި 2025

Advertisement

އާ ބިލާއެކު ގައުމުގެ މުސްތަގުބަލް ދުންފަތުގެ އިސްތިއުމާލްކުރުމުން ދުރުކުރެވޭނެ: ރައީސް

21 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ދުންފަތާބެހޭ ޤާނޫނު ތަސްދީގުކުރުމުން ޤައުމުގެ މުސްތަޤުބަލް ކަމުގައިވާ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ދުންފަތާބެހޭ ޤާނޫނު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން ޒުވާނުން ދުންފަތުގެ އިސްތިޢުމާލުން ދުރުކޮށް، ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށް މަގުފަހިވާނެ ކަމަށެވެ.

ދުންފަތުގެ އިސްތިޢުމާލުގެ ނޭދެވޭ އަސަރުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން ރައްޔިތުންގެ ހެވާއި ލާބައަށް މިފަދަ މައްސަލައަކަށް ޙައްލެއް ހޯދަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯދުމަކީ އެމަނިކުފާނަށް މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މި ބިލަކީ، 13 މޭ 2025 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު