ENGLISH

04 ޖުލައި 2025

Advertisement

ލޯންޗެއް ޑިންގީއެއްގައި ޖެހި 5 މީހަކަށް އަނިޔާވެއްޖެ

21 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޅ. އަތޮޅުގައި ރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. 

އެ އަތޮޅު ގާއެރިފަޅު ކައިރީ ރޭ މެންދަމު ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކު ޒަހަމްވެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މައުލޫމާތުދީފައެވެ. 

އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ ލޯންޗަކާއި ޑިންގީއެއް ޖެހިގެން ރޭ 12:33 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. 

އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު