ENGLISH

03 ޖޫން 2025

Advertisement

ލިވަޕޫލް އެފްސީގެ ވަފުދެއް ރާއްޖޭގައި، ވިޒިޓް މޯލްޑިވްސްއާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރާނެ

21 މޭ 2025

|

ޢަލީ ޝަހީމް

ރާއްޖެ ޒިިޔާރަތްކުރި ލިވަޕޫލް އެފްސީގެ ވަފުދަށް އެމްއެމްޕީއާރުސީ އިން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

އިނގިރޭސި ކްލަބް ލިވަޕޫލް އެފްސީގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްެޖެ ޒިޔާރަތްކުރުމަކީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް ތަރައްގީ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބުނެފިއެވެ. 

ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖެއްސީ މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުގެ މެދުތެރެއިންނެވެ. އޭގެފަހުން ލިވަޕޫލާއެކު ރާއްޖޭން ވަނީ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. އަދި، އަންގާރަ ދުވަހު ރާއްޖެ ޒިޔާރަތްކުރި ލިވަޕޫލް ސީނިއާ ޓީމުގެ ވަފުދާއެކު މުހިއްމު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިއްޔެ އެމްއެމްޕީއާރުސީއިން އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ. 

ރާއްޖެ ޒިޔާރަތްކުރި ލިވަޕޫލް އެފްސީގެ ވަފުދުގައި ހިމެނެނީ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލްއާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓަރ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒާއެވެ. 

އެމްއެމްޕީއާރުސީއިން ބުނީ ލިވަޕޫލް އެފްސީގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި ކެބިނެޓްގެ ވަޒީރުންނާއި, ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ ބައްދަލުކުރާނެ ކަމަށެވެ. މަޝްވަރާތަކުގެ މަގްސަދަކީ އެއްބާރުލުން އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އާ ސްޓްރެޓެޖީތައް ހެދުމާއި، ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ. 

މިހާތަނަށް ލިވަޕޫލް އެފްސީއާއެކު ރާއްޖޭން ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އެމްއެމްޕީއާރުސީ އިން ބުނީ ލިވަޕޫލާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އެއް ޕްލެޓްފޯމްގައި ރާއްޖެ ހިމެނޭނެ ކަަމަށެވެ. އަދި، ބައިނަލްއަގްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ވިޒިބިލިޓީއާއި ބްްރޭންޑް ރިކޮގްނިޝަން ރަނގަޅުވެ، ކުޅިވަރުގެ ފަތުރުވެރިކަމުގައި އާ ފުރުސަތުތައް ހޯދުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީތައް ހާމަވެގެންދާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

މި ސީޒަނަށް ފަހު އަންނަ އޮގަސްޓް މަހު ފަށާ އިނގިރޭސީ ފުޓްބޯޅަ ސީޒަނުގައި ވެސް ލިވަޕޫލާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ. އެގޮތުން، ލިވަޕޫލް އެފްސީގެ ކުޅުންތެރިން ހިމެނޭ ވީޑިއޯ ކޮންޓެންޓާއި ބައިނަލްއަގްވާމީ މުހިއްމު ކެމްޕޭނެއް އަންނަ ޖޫން މަހު ފަށަން ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު