ENGLISH
19 ޖުލައި 2025
ކްލަބް ވޯލްޑްކަޕުން ނުފެނިދާނެ ކަމަށް ޑި ބްރޭނާ ބުނެފި
20 މޭ 2025
|
ސިޓީގެ މިޑްފީލްޑަރު، ޑި ބްރޭނާ. ފޮޓޯ: ރޮއިޓާސް
އަންނަ މަހު އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މެންޗެސްޓަރ ސިޓީ ޓީމުން ނުފެންނާނެ ކަމަށް ކެވިން ޑި ބްރޭނާ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ޑި ބްރޭނާ ބުނީ، އެފަދަ ބޮޑު މުބާރާތެއްގައި ނުކުޅެން ނިންމީ، ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ދުވަސްކޮޅަކަށްވެފައި އޮތުމުން އަނިޔާގެ މައްސަލައެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ އަމިއްލަ ނަފުސާމެދު ވިސްނާނެ އެހެން ފަރާތެއް ނުހުންނާނެ. ކްލަބް ވޯލްޑް ކަޕްގައި އަނިޔާއެއް ކުރިމަތިވެއްޖެނަމަ ދެން ހަދާނީ ކިހިނެއް. ކާކުގެ އެހީތެރިކަމެއް ދެން ލިބޭނީ،" އެފްއޭކަޕްގެ ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ޑި ބްރޭނާ ބުންޏެވެ.
ޑި ބްރޭނާ ބުނީ، އެހެންކަމުން ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕުން އޭނާ ނުފެނިދާނެ ކަމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށެވެ. ގަވާއިދުތައް ހަދަނީ އޭނާ ނޫން ކަމަށާއި، އެކަމާ ގުޅޭގޮތުން އޭނާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ޑި ބްރޭނާ ބުންޏެވެ.
ބެލްޖިއަމްގެ ގައުމީ ޓީމުގެ ވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޑި ބްރޭނާ ވަނީ ސިޓީގައި ހޭދަކުރީ 10 ވަރަކަށް އަހަރުގެތެރޭގައި ހަ ޕްރިމިއަރ ލީގާއި، އެއް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ސިޓީއާއެކު ޑި ބްރޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
މުޅިން އައު ފޯމެޓަކަށް 32 ޓީމާއެކު ބާއްވާ މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 14 އިން ޖުލައި 13 ގެ ނިޔަލަށެވެ.