ENGLISH
04 ޖުލައި 2025
މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ ބޯޓެއް ޖައްސައިފި
20 މޭ 2025
|
މާފަރު އެއާޕޯޓަށް ޖެއްސި ފްލައިޓް -- ފޮޓޯ: އޭވިއޭޓާ
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ ބޯޓެއް ޖައްސާ އެ އެއާޕޯޓަށް މިއަދަކީ ތާރީޚީ ދުވަހަކަށް ވެއްޖެ އެވެ.
އަބޫދާބީ ފަންޑުގެ ހިލޭ އެހީ ގައި ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓް ގައި މިއަދު ޖެއްސީ އެމިރޭޓްސްގެ ވައިޑް ބޮޑީ ބޮއިން 777 މަރުކާގެ ބޯޓެކެވެ.
މިއީ އެއާޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް ބިޔަ ބޯޓް ފަހަރު ޖެއްސޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސެޓްފިކޭޝަން ޕްރޮސެސްތަކެއް ފުރިހަމަ ކުރުމަށް ޖެއްސި ބޯޓެކެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކޮށް ވައިޑް ބޮޑީ މަތިންދާބޯޓް ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައި ވަނީ ސަރުކާރު ކުންފުނި އެމްޓީސީސީންނެވެ.
މި އެއާޕޯޓަކީ ރާއްޖޭގެ މައި އެއާޕޯޓް -- ވީއައިއޭގެ އިތުރުން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ.