ENGLISH
05 ޖުލައި 2025
މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި
20 މޭ 2025
|
މީޑިއާ ކައުންސިލްގެ ބައްދަލްވުމެއް ކުރިއަށް ދަނީ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްޘީލްކުރާ ދެ މެންބަރުންގެ މަގާމާއެކު ޖުމްލަ 3 މެންބަރުންގެ މަޤާމު ވަނީ ހުސްވެފަ އެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ތިން މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް މީޑިއާ ތަކުން ކުރިމަތިލި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރައި ގެންގޮސްފައި ކަމަށެވެ.
އެހެން ކަމުން މި ތިން މަޤާމުގެ ތެރެއިން މީޑިއާތަކުން އިންތިޚާބު ކުރަންޖެހޭ ދެ މަގާމަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.
މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކާއި އެނޫންވެސް މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ، މި ތިން މަޤާމަށް ވާދަކުރަން އެދޭ މީހުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރާ އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށައެޅުމަށް ވަނީ އެދިފަ އެވެ.