ENGLISH

05 ޖުލައި 2025

Advertisement

އައިއެސްއޯގެ މުހިއްމު ދެ ސެޓްފިކެޓެއް އައިޔޫއެމްއަށް

20 މޭ 2025

|

އަޙުމަދު ޙަމީދު

އައިއެސްއޯގެ މުހިއްމު ދެ ސެޓްފިކެޓެއް އައިޔޫއެމްއަށް ލިބުން

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ ސްޓޭންޑަރޑައިޒޭޝަން (އައިއެސްއޯ) ގެ ދެ ސެޓްފިކެޓެއް ހާޞިލު ކޮށްފި އެވެ.

އައިޔޫއެމް އިން ހާޞިލުކޮށްފައިވާ ދެ ސެޓްފިކެޓްގެ ތެރޭގައި ހިމެނެނީ "އައިއެސްއޯ 9001:2015 ކޮލެޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން" އަދި "އައިއެސްއޯ 21001:2018 އެޑިޔުކޭޝަނަލް އޯގަނައިޒޭޝަންސް" އެވެ.

އައިއެސްއޯ އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތައް ކަނޑައެޅުމަށް ޤާއިމުކުރެވިފައިވާ ޖަމިއްޔާ އެކެވެ.

އެގޮތުން،ޖުމްލަ 174 ޤައުމެއްގެ ތަޖުރިބާކާރުން ބައިވެރިވާ މި ޖަމިއްޔާ ގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތައް ކަނޑައެޅުމަށް ޖުމްލަ 823 ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.

އައިޔޫއެމްއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވަނީ މިއީ، މިފަދަ ސެޓްފިކެޓްތަކެއް ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒަކަށް ލިބުނު ފުރުތަމަ ފަހަރުކަން ފާހަގަ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު