ENGLISH
05 ޖުލައި 2025
މުލީ ހޮސްޕިޓަލާއި، ކޯޒްވޭގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި
20 މޭ 2025
|
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، މ. އަތޮޅު މުއްޔަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި ތަރައްގީކުރެވޭ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން މުއްޔާއި ނާލާފުށި ގުޅާލެވިގެންދާ ކޯޒްވޭގެ މަސައްކަތް ފައްޓަވާދެއްވައިފިއެވެ.
މުލީގައި އެޅިގެންދިޔަ އެއަރޕޯޓު ހުޅުއްވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އެރަށުގައި ތަރައްގީކުރެވޭ މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އާ ޢިމާރާތް އެޅިގެންދާނެ ސަރަހައްދަށް ޒިޔާރަތްކުރައްވާ، އެމަނިކުފާނު ވަނީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މި ހޮސްޕިޓަލުގައި 4 ބުރި ހުންނައިރު، ޖުމްލަ 50 އެނދު ހުންނާނެއެވެ.
އެއަށްފަހު، މުއްޔާއި ނާލާފުށި ގުޅާލެވޭ ކޯޒްވޭ އެޅިގެންދާ ސަރަހައްދަށް ޒިޔާރާތް ކުރައްވާ، އެމަނިކުފާނު ވަނީ ރަމްޒީގޮތުން އެ މަސައްކަތް ފައްޓަވާދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މުލީގައި ގަހެއް އިންދަވައިދެއްވާފައެވެ.
މުލީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.
މި މަޝްރޫޢު ނިމުމުން މުލީގެ އިތުރުން މި އަތޮޅުގެ ގިނަ ރަށްރަށަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.