ENGLISH

05 ޖުލައި 2025

Advertisement

ތަރައްޤީ އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދާން މުއްތަލިބު އިލްތިމާސްކުރައްވައިފި

20 މޭ 2025

|

އުމްނާ އިސްމާޢީލް

މުލީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުއްތަލިބު ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

މ. އަތޮޅުގެ ރައްޔިތުން އެ އަތޮޅު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރުމުގެ ބަަދަލުގައި އެ ސަރަހައްދަށް އިންވެސްޓުމެންޓުތައް ހޯދަން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން، ހައުސިން އަދި އިންްފްރާސްޓްރަކްޗާރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު މިއަދު ގޮވާލައްވައިފި އެވެ.  

މުއްތަލިބު މިފަދައިން ގޮވާލެއްވީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު ހުޅުވުމަށް އެ އަތޮޅު މުއްޔަށް ވަޑައިގެން އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މ. އަތޮޅަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ރަށްތަކަކާާއި ފަޅުތަކެއް އޮތް ސަރަހައްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި އަތޮޅުގައި އެއާޕޯޓެއް ގާއިމުވެގެން ދިއުން ވެގެންދާނީ ފަތުރުވެރިކަމުގެ އެތައް އިންވެސްޓުމެންޓުތަކަކަށް މަގު ހުޅުވިގެންދާނެ ކަމަކަށް ކަމަށެވެ. އެގޮތުން އެއާޕޯޓަކީ ދަތުރުފަތުރަށާއި ރާއްޖެއަށް އިގްތިސޯދީ ގޮތުން ނަފާ ހޯދުމަށްވެސް އޮތް މުހިއްމު ބިނާއެއް ކަމަށް ވިދާޅުވެ މުއްތަލިބު ވަނީ، މުލީ އެއާޕޯޓަކީ ވެސް އެ އަތޮޅުގެ ތަރައްގީއަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަން ފާހަގަކުރައްވާފަ އެވެ.

މުލީގެ ބިން ހިއްކުމަށް 2014 ވަނަ އަހަރު ހަވާލުކުރި ފަހުން އެއާޕޯޓު ހުޅުވުމާހަމަޔަށް މިހާތަމަށް 540 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއީ އެ އަތޮޅުގެ އާބާދީގެ ނިސްބަތުން، ބޮލަކަށް އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދަދެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވަމުން ވަޒީރު އެދިވަޑައިގެންނެވީ ސަރުކާރުން އެ އަތޮޅަށް ކުރި އިންވެސްޓުމެންޓު ބަލައިގަނެ އެ ސަރަހައްދުގެ ތަރައްގީއަށް ރައްޔިތުން މަސައްކަތް ކުރުމަށެވެ.  

"އެހެންކަމުން އަޅުގަނޑުގެ އެދުމަކީ މުލީގެ ރައްޔިތުން، އަދި މ. އަތޮޅުގެ ރައްޔިތުން މި ސަރުކާރުން ކުރި ބޮޑު އިންވެސްޓުމެންޓު ބަލައިގަނެ މި އަތޮޅަށް ތަރައްގީ ގެނައުމަށްޓަކައި މަސައްކަތް ކުރުން. ޓޫރިޒަމްގެ އިންވެސްޓްމެންޓުތައް ގެނައުމަށްޓަކައި މަސައްކަތް ކުރުން، ފަތުރުވެރިކަމުގެ ގޮތުން ގެސްޓު ހައުސް ޓޫރިޒަމް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރުން،" ވަޒީރު ވިދާޅުވި އެވެ

"ހަމައެއާއެއްކޮށް އަޅުގަނޑުގެ އިލްތިމާސަކީ އާބާދީ ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި މި އަތޮޅު ދޫކޮށް ނުދިން. މި އަތޮޅުގެ ކުދި ރަށްތަކުގައި ތިބި ފަރާތްތަކުން މި އަތޮޅުގެ ބޮޑެތި ރަށްތަކަށް އެއްވެ އާބާދީ ތަރައްގީ އެއްފަސްކުރެއްވުމަށްޓަކައި މަސައްކަތް ކުރެއްވުން."

ވަޒީރު ތަކުރާރު ކުރެއްވީ، މުލަކު އަތޮޅަކީ ތަރައްގީ ހާސިލުކުރެވޭނެ ފަދަ ސިފަތަކެއް ލިބިގެންވާ ތަފާތު އަތޮޅެއް ކަމެވެ. އެއީ މާލެއާއި ދުރުނޫން ހިސާބަކަށްވާއިރު، އެ އަތޮޅުގައި ތިބެގެން ތަރައްގީ ހޯދަން މަސައްކަތް ކުރުމަށް ވަޒީރު ގޮވާލެއްވި އެވެ.  

"މިއަތޮޅަކީ ތަރައްގީ ހާސިލުކުރެވެން އޮތް އަތޮޅެއް. މި އަތޮޅަކީ ތަރައްގީ ގެނެވޭނެ ފަދަ ރީތި ކަމާއި ވަސީލަތްތައް ހުރި އަތޮޅެއް. އެހެންކަމުން އަޅުގަނޑުމެން ދެކޭ ގޮތުގައި މި އަތޮޅު ތަރައްގީވެގެންދާއިރުގައި އަދި މާލެއާއި އެހާ ދުރުނުން އަތޮޅަކަށް ވާތީ މިއަތޮޅަށް ތަރައްގީ ގެނައުމުގައި މި އަތޮޅުގެ ރައްޔިތުން މި އަތޮޅުގައި އާބާދީ ތަރައްގީ އެއްފަސްކޮށްގެން ތަރައްގީ ގެނައުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު