ENGLISH

05 ޖުލައި 2025

Advertisement

އިތުރު ތިން ޑްރަގް ރިމާންޑް ސެންޓަރު ގާއިމްކުރަނީ

20 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އިތުރު ތިން ޑްރަގް ރިމާންޑް ސެންޓަރު ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އަލަށް ޤާއިމުކުރެވޭ ރިމާންޑް ސެންޓަރުތައް ހުންނާނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުދޫގައެވެ.

މި ތިން ރަށުގެ އިތުރުން، ކުރިން ވަނީ ކ. ހިންމަފުށި އަދި ހުޅުމާލޭގައި ޑްރަގް ރިމާންޑް ސެންޓަރުތައް ޤާއިމުކޮށްފައެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި ވިއްކާ ފަރާތްތައް ކުށުގެ ވެށިން ދުރުކޮށް، އެފަރާތްތަކަށް އަސާސީ ފަރުވާ ފޯރުކޮށްދިނުމެވެ.

މި މަރުކަޒުތަކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް، އެފަރާތްތަކުގެ ބަންދުގެ މުއްދަތުގައި ބައިތިއްބައި، އެކަށީގެންވާ ފަރުވާ ދިނުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެވެ.

ކިޔުންތެރިންގެ ހިޔާލު