ENGLISH

05 ޖުލައި 2025

Advertisement

އުފާވެރި ދުވަހެއް! މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

20 މޭ 2025

|

އުމްނާ އިސްމާޢީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މުލީ އެއާޕޯޓުގައި (ފޮޓޯ/ ރައީސް އޮފީސް)

މުލަކަތޮޅު މުލީގައި ތަރައްޤީ ކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މީގެ ފަސް އަހަރެއްހާ ދުވަސްކުރީން މަސައްކަތް ފެށި އެއާޕޯޓްގެ މަސައްކަތް ނިމި މިދިޔަ އޭޕްރިލް 25 ގައި ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި ވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ފަނަރަ ސަތޭކަ މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ. މި އެއާޕޯޓު ގާއިމުކޮށްފައިވަނީ 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު އެވެ. މި މަޝްރޫޢުއަކީ ސަރުކާރުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. 

މުލީ އެއާޕޯޓު ތަރައްގީކުރީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެއްގެ ގޮތުގަ އެވެ. މިއީ މ. އަތޮޅުގައި ޤާއިމްކުރި ފުރަތަމަ އެއާޕޯޓެވެ.   

ކިޔުންތެރިންގެ ހިޔާލު