ENGLISH
05 ޖުލައި 2025
ހޮޅުދޫ ބަނދަރު ހެދުމަށް ބޭނުންވާ ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި
20 މޭ 2025
|
ނ. ހޮޅުދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭނުންވާ ހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ބިނާތައް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މަސައްކަތުގެ ސައިޓަށް ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި، 570 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރ ޖަހައި އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖަހާނެއެވެ.
މީގެ އިތުރުން، އޮޑިދޯނިފަހަރު އެހެލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި އެއްގަމު ތޮށްޓަކާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާނެއެވެ.
މި މަޝްރޫޢަށް 46 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް ދީފައި ވަނީ 400 ދުވަހުގެ މުއްދަތެކެވެ.