ENGLISH
05 ޖުލައި 2025
ގެނބުނު މީހާގެ ހާލު ދެރަ، ފަރުވާ ދެނީ ވެންޓިލޭޓަރުގައި
19 މޭ 2025
|
ގެނބުނު މީހާ ސަލާމަތް ކުރަނީ
އިއްޔެ ގެނބުނު މީހާގެ ހާލު ދެރަ ކަމަށާ އޭނާއަށް މިހާރު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗުން ބުނެފި އެވެ.
އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގެނބިފައިވަނީ މާލޭގެ ހާބަރު ސަރަހައްދަށެވެ. އެ މީހާ ގެނބެނިކޮށް ސަލާމަތް ކުރީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.
އެ މީހާ ސަލާމަތް ކޮށް ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ހަރަކާތެއް ނެތެވެ.
އައިޖީއެމްއެޗުން ބުނީ އެ މީހާގެ ހާލު ދެރަ ކަމަށެވެ. އަދި މިހާރު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އިއްޔެ ހިނގި އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.