ENGLISH
03 ޖޫން 2025
މާލެ ސަރަހައްދުގެ ހިތްގައިމު ބާސެލޯ ނަސަންދުރާ ރަސްމީކޮށް ހުޅުވައިފި
19 މޭ 2025
|
ޓޫރިޒަމް މިނިސްޓަރ ތޯރިގު ބާސެލޯ ނަސަންދުރަ ހުޅުއްވައިދެއްވަނީ. --ފޮޓޯ: ދައުރު
މާލެ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ފަސްތަރީގެ ހިތްގައިމު ބާސެލޯ ނަސަންދުރަ ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފި އެވެ.
ކުރިން ނަސަންދުރަ ޕެލަސްގެ ނަމުގައި ހިންގި އިމާރާތް ތަޅާލުމަށް ފަހު 15 ބުރިއަށް އިމާރާތްކޮށްފައިވާ އަގުބޮޑު ހޮޓާ ރަސްމީކޮށް މިއަދު ހަވީރު ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ތާރިގު އިބްރާހިމެވެ.
ހޮޓާ ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ތޯރިގު ވިދާޅުވީ ނަސަންދުރަ ޕެލަސް ހޮޓެލް އަކީ ރާއްޖޭގެ ޓޫރިޒަމްގެ މާޒީގައި މުހިންމު ތާރީޚެއް އޮތް ހޮޓަލެއް ކަމަށާއި އެ ހޮޓާ ތަރައްގީ ކުރުމަށް ފަހު ހިންގުމާ ހަވާލުވި ބާސެލޯ ގްރޫޕުން އެ ތާރީޚު ދަމަހައްޓާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި ބާސެލޯ ނަސަންދުރައިގެ ސަބަބުން ރާއްޖޭގައި މައިސް ޓޫރިޒަމް ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
ބާސެލޯ ނަސަންދުރަ ހޮޓެލްގައި ތަފާތު ހަތް ކެޓަގަރީއަކުން 136 ކޮޓަރި ހުރެ އެވެ.
ނަސަންދުރަ ހިންގި ބިމާއި، އެ ބިމާ އިންވެގެން އޮންނަ 26 ނަންބަރު ކޮށީގެ ބިން އެމްއެމްޕީއާރުސީ މެދުވެރިކޮށް "އެންޕީއެޗު އިންވެސްޓްމެންޓްސް" ކިޔާ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. ބާސެލޯ ނަސަންދުރައިގެ ނަމުގައި އެ ހޮޓާ އަލުން މި ހުޅުވީ ނަސަންދުރަ ބަންދުކުރިތާ 10 އަހަރު ފަހުންނެވެ.