ENGLISH
05 ޖުލައި 2025
އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި އާރުޑީސީއަށް
19 މޭ 2025
|
އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އެއްބަސްވުން ޤާއިމު ކުރުން -- ފޮޓޯ: މިނިސްޓްރީ
ބ. އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ 75.68 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ދުވާރުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ޤާއިމު ކުރާނެ އެވެ. އަދި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރާނެ އެވެ.
ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ. ކޮންމެ ރަށެއްގައި ވެސް އެންމެ ބޮޑެތި މަގުތައް މި ދައުރުގެ ތެރޭގައި ތަރައްޤީ ކުރުމަކީ އެމަނިކުފާނުގެ އަމާޒެވެ.