ENGLISH
05 ޖުލައި 2025
ތެލެސީމިއާ ސެންޓަރު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ގެންގޮސްފި
19 މޭ 2025
|
ތެލެސީމިއާ ސެންޓަރު ހިންގުމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ރަސްމީކޮށް ހަވާލުވުން
ތެލެސީމިއާ ސެންޓަރު ހިންގުމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
އެކަން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ވަނީ ހާމަކޮށްފަ އެވެ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނީ ތެލެސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސް އެ ގުރޫޕްގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑުގައި ރައީސް މުޢިއްޒު ވަނީ ތެލެސީމިއާ ސެންޓަރު ހިންގުމުގެ މަސައްކަތް ވަރަށް އަވަހަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލު ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. މިއީ ތެލެސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެކެވެ.
އަދި މިއީ ހޮސްޕިޓަލެއް ގޮތަށް ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފެށުމަށް މުހިންމު ފިޔަވަޅެކެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ދަނީ ހިންގަމުންނެވެ.