ENGLISH

02 ޖޫން 2025

Advertisement

ދިއްލީ އަތުން ގުޖުރާތު މޮޅުވުމުން، ބެންގަލޫރާއި ޕަންޖާބް ވެސް ޕްލޭއޮފަށް

19 މޭ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ގުޖުރާތުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ބީސީސީއައި

މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުގައި ދިއްލީ ކެޕިޓަލްސް އަތުން ގުޖުރާތު ޓައިޓަންސް މޮޅުވުމާއެކު، އެ ޓީމު ހިމެނޭ ގޮތަށް ތިން ޓީމެއް ޕްލޭއޮފްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު، ގުޖުރާތު އެއްވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ޕަންޖާބް ކިންގްސް އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

ރޭގެ މެޗުން ގުޖުރާތު މޮޅުވީ 10 ވިކެޓުންނެވެ.

ދިއްލީގައި ހުންނަ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްދުކުރީ ހޮވަން އަރާށެވެ. ދިއްލީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 199 ލަނޑު ހެދިއެވެ.

ފުރަތަމަ އިނިންގްސްގައި ދިއްލީ އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 65 ބޯޅައިން 112 ލަނޑުހެދި ކޭއެލް ރާހުލް އެވެ. މި އިނިންގްސްގައި ގުޖުރާތުގެ އުކުންތެރިންގެ ތެރެއިން އަރްޝަދު ޚާން، ޕްރަސިދު ކްރިޝްނާ އާއި ސާއި ކިޝޯރް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގިއެވެ.

ރައްދުގައި ކުޅެން އަރައި، ގުޖުރާތު ވަނީ ބާކީ އޯވަރެއް އޮއްވާ، 19 އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 205 ލަނޑު ހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 61 ބޯޅައިން 108 ލަނޑުހެދި ސާއީ ސުދަރްސަން އެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން ޝުބްމަން ގިލް ވަނީ ނުބައިނުވެ 93 ލަނޑު ހަދައިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުޖުރާތުގެ ސާއީ ސުދަރްސަން އެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުގައި ލަކްނޯ ސުޕަޖަޔަންޓްސް ނުކުންނާނީ ސަންރައިޒާސް ހައިދަރުއާބާދާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު