ENGLISH

04 ޖޫން 2025

Advertisement

ސިނާ ބަލިކޮށް އަލްކަރާޒް ޗެމްޕިއަންކަން ހޯދައިފި

18 މޭ 2025

|

މުޙައްމަދު އަދުހަމް

އަލްކަރާޒް، މުބާރާތުގެ ޓްރޮފީއާއެކު. ފޮޓޯ: ގެޓީ އިމޭޖަސް

އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި އިޓަލީގެ ޔަނިކް ސިނާ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދި ފުރަތަމަ ފަހަރެވެ. އަދި، މިއީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ސިނާ އަތުން އަލްކަރާޒް މޮޅުވި ހަތަރުވަނަ ފަހަރެވެ. މި ދެ ކުޅުންތެރިންގެ މެދުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އަލްކަރާޒް ކުރީގައި އުޅެނީ 7-4 އިންނެވެ.

މުބާރާތުގައި އެއްވަނަ އަށް ސީޑުކޮށްފައިވާ ސިނާ އަތުން އަލްކަރާޒް މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ރޯމްގެ ކެމްޕޯ ސެންޓްރާލްގައި ގާތްގަނޑަކަށް 10،500 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް އަލްކަރާޒް ކާމިޔާބުކުރީ 7-6 (5)، 6-1 އިންނެވެ.

ފައިނަލް މެޗުގައި އަލްކަރާޒް ކުޅެނީ. ފޮޓޯ: ރޮއިޓާސް

މި މެޗުން މޮޅުވެ، އަލްކަރާޒް ވަނީ ދުނިޔޭގެ ރޭންކިންގ ދެވަނަ އަށް ޖެހިލައިފައެވެ. އަދިވެސް އެންމެ ކުރީގައި އުޅެނީ ސިނާ އެވެ.

މިއީ މަނާބޭސް ބޭނުންކުރުމުގެ ސަބަބުން އައި ތިން މަހުގެ ސަސްޕެންޝަނަށްފަހު ސިނާ ކުޅުނު ފުރަތަމަ މުބާރާތެވެ. މި މެޗާއެކު ސިނާ ދަމަހައްޓަމުންއައި 26 މެޗުގެ ބަލިނުވުމުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. އަނެއްކޮޅުން މިއީ ޖަނަވަރީ މަހުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރިފަހުން ސިނާ ކުރިމަތިލީ ފުރަތަމަ މުބާރާތް ވެސް މެއެވެ.

ސިނާ ބުނީ، މިވަގުތު ކްލޭ ކޯޓުތަކަށް އެންމެ ފަރިތަ، އެންމެ މޮޅު ކުޅުންތެރިއަކީ އަލްކަރާޒް ކަމަށެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި އަލްކަރާޒް ބުނީ، މި މުހިއްމު މެޗާ ކުރިމަތިލާ، އެ މެޗުގައި ޓެކްޓިކަލީ ޕޮއިންޓަކަށްފަހު ޕޮއިންޓެއް އޭނާ ހޯދި ގޮތާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ޕައޮލީނީ. ފޮޓޯ: ގެޓީ އިމޭޖަސް

މުޅި މެޗުގައިވެސް އެއް ފެންވަރެއްގައި ކުޅެފައިވާ ކަމަށް އަލްކަރާޒްގެ ވާހަކައިގައި ފާހަގަކުރިއެވެ. އަނެއްކާވެސް މި ލެވެލްގައި ސިނާގެ ކުޅުން ކުރިއަށްދާތަން ފެންނާތީވެ އުފާވާ ކަމަށް ވެސް އަލްކަރާޒް ބުންޏެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓް ކާމިޔާބުކޮށް ޖޭޒްމީން ޕައޮލީނީ ވަނީ 35 އަހަރުވީ ރެކޯޑެއް މުގުރާލައިފައެވެ. ޕައޮލީނީގެ ޑަބަލްސް ޕާޓްނަރަކީ، ސާރާ އެރާނީ އެވެ.

މިއީ، 1990 ވަނަ އަހަރުގެ މުބާރާތުގެ ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން އެމެރިކާގެ މޮނިކާ ސެލެސް ހޯދިފަހުން އެހެން ކުޅުންތެރިއަކު މި ކާމިޔާބީ ހާސިލްކުރި މިއީ ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު