ENGLISH

04 ޖޫން 2025

Advertisement

މޮޑްރިޗް، ރެއާލްގައި މަޑުކުރުމަށް މުސާރަ ކުޑަކުރަންވެސް އެއްބަސް: މާކާ

18 މޭ 2025

|

އިސްމާއީލް ރާތިއު

ލޫކާ މޮޑްރިޗް-- ފޮޓޯ: ގޯލް.ކޮމް

ކްރޮއޭޝިއާގެ މިޑްފީލްޑަރު، ލޫކާ މޮޑްރިޗް ރެއާލް މެޑްރިޑުގައި އިތުރު ސީޒަނެއްގައި މަޑުކުރަން އޭނާގެ މުސާރަ ކުޑަކުރަންވެސް އެއްބަސް ކަމަށް ސްޕެއިންގެ ކުޅިވަރު ނޫސް، "މާކާ"އިން ރިޕޯޓުކޮށްފިއެވެ.

ތިރީސް ނުވަ އަހަރުގެ މޮޑްރިޗް، ރެއާލްއާ އެކު އެންމެ ފަހުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ 30 ގައި ހަމަވާއިރު، އަންނަ ސީޒަނުގައި ވެސް އެޓީމާއެކު މޮޑްރިޗް މަޑުކުރަން ބޭނުންވާ ނަމަވެސް މިހާތަނަށް ރަސްމީ އެއްބަސްވުމަކަށް އާދެވިފަ ނުވާކަމަށް މާކާއިން ރިޕޯޓުކުރެއެވެ.

މާކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މޮޑްރިޗް ބޭނުންވަނީ އަންނަ މަހު އޮންނަ ކްލަބް ވޯލްޑު ކަޕުގައި ރެއާލްއާއެކު ކުޅުމާއެކު އަންނަ ސީޒަން ރެއާލްއާ އެކު ނިންމާލުމަށްފަހު ކުޅުން ހުއްޓާލާށެވެ. 

މޮޑްރިޗް އަކީ ރެއާލްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރެއާލްއާއެކު ސްޕެނިޝް ސުޕަރ ކަޕް ފަސް ފަހަރު، ކޮޕަ ޑެލް ރޭ ދެ ފަހަރު، ފީފާ އިންޓަރ ކޮންޓިނެންޓަލް ކަޕް އެއްފަހަރު، ލަލީގާ ހަތަރު ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގް ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ 2018 ވަނަ އަހަރުގެ ޔުއެފާއިން ހޮވި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެ އަހަރުގެ ބެލޯން ޑި އޯރ ވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު