ENGLISH
01 ޖޫން 2025
އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން 15 ބުރީގެ އިމާރާތެއް އަޅަނީ
18 މޭ 2025
|
އެސްޓީއޯ ހެޑް އޮފީސް
އެސްޓީއޯގެ ހެޑް އޮފީސް ހުންނަ ޢިމާރާތާ ޖެހިގެން 15 ބުރީގެ މަލްޓި-ޕާޕޯސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ އެ ކުންފުނީގެ މެޑިކަލް ވެއާރހައުސެއްގެ ގޮތުގައި މިހާރު ބޭނުންކުރާ 15،000 އަކަ ފޫޓުގެ ބިމުގައި އަޅަން ނިންމާފައިވާ އިމާރާތުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ފަސް މަސްތެރޭ ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ކުރިން އިއުލާންކޮށްފައި ވަނީ އެ ބިމުގައި ހަދަނީ 25 ބުރީގެ އިމާރާތެއް ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެސްޓީއޯގެ 15 އިންސައްތަ އިކުއިޓީ ހިމެނޭ ގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކުރެވޭނީ 18 މިލިއަން ޑޮލަރުގެ ނުވަތަ އެއަށް ވުރެ އަގުހުރި، މަޝްރޫޢެއް ހިންގާފައިވާ ކުންފުނިތަކަށް ކަމަށް ވެސް އޭރު ބުނެފައިވެއެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށާއި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ބަލައި ނުގަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.