ENGLISH

03 ޖޫން 2025

Advertisement

ހުޅުމާލޭގައި އެސްޓީއޯގެ ޕްރެޒެންސް އިތުރުކުރުމުގެ މަސައްކަތް އެބަ ކުރަން: ޝިމާދު

18 މޭ 2025

|

އިސްމާއީލް ރާތިއު

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ

ހުޅުމާލޭގައި އެސްޓީއޯގެ ޕްރެޒެންސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ، ހުޅުމާލޭގައި އެސްޓީއޯގެ އެކި ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ބޭސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް، ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރުވެސް ހިންގަމުންދާ އެސްޓިއޯ ފާމަސީގެ އިތުރުން، އެސްޓީއޯ ސްމާޓް ސްޓޯރ މިހާރު ހުރި ތަނުގައި އިތުރު ބޭސްފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.

އޭގެ އިތުރަށް، ފޭސް 2 ގައި އެސްޓީއޯގެ ދާއިމީ ފިހާރައެއް ހުޅުވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވަނީ އެކަން ހަގީގަތަކަށް ހަދަން ބޭނުންވި ނަމަވެސް، ހުޅުމާލޭގައި ބިން ލިބުމުގެ ދަތިކަން ކުރިމަތި ވާތީ ދާއިމީ ފިހާރައެއް ހުޅުވަން އުނދަގޫ ކަމަށް ވިދާޅުވެފައެވެ.

ކަން މިހެން ހުރި ނަމަވެސް އެޗްޑީސީއާ މަޝްވަރާކޮށްގެން، ހުޅުމާލޭގައި އެފްއެސްއެމްގެ ޝެޑެއް އެޅިދާނެކަމުގެ ފެހި ސިގްނަލް ވެސް ލިބެމުންދާކަން ޝިމާދު ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް، އެސްޓީއޯގެ މަސައްކަތްތަކަށް ހުޅުމާލޭގެ ފޭސް 3 އަކުންވެސް 40،000 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު