ENGLISH
01 ސެޕްޓެމްބަރު 2025
މެޑަމް ސާޖިދާ، "ކިޑްސް އެތުލެޓިކްސް ޑޭ 2025" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
18 މޭ 2025
|
"ކިޑްސް އެތުލެޓިކްސް ޑޭ 2025" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޝަރަފުވެރިކޮށްދެއްވައިފި. މި ހަރަކާތް ކުރިއަށްދިޔައީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ. މި ހަރަކާތަކީ ކްލަބް ރޭސަރސްއިން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި ޔުނިސެފް ގުޅިގެން ބޭއްވި އެއް ދުވަހުގެ ޚާއްޞަ ހަރަކާތެއް. "ކިޑްސް އެތްލެޓިކްސް 2025" ގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ތޮލާލް، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީ އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މުޞްތަފާ.